އަދުނާން ފުލުހުންގެ ވަޒީފާއިން ވަކިކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފި!

ކިޔުމަށް ހޭދަވާނީ 54ސ
އަދުނާން ފުލުހުންގެ ވަޒީފާއިން ވަކިކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފި!

މެރިން ޕޮލިސް ގެ ކުރީގެ ވެރިޔާ އަދުނާން އަނީސް ފުލުހުންގެ ވަޒީފާއިން ވަކިކުރި މައްސަލަ ސުޕްރީމް ކޯޓުގައި މިއަދު އިސްތިއުނާފް ކޮށްފިއެވެ. 

ފުލުހުންގެ ވަޒީފާއިން އަދުނާނު ވަކިކުރީ އޯގަސްޓް 2012 ގައި، އެއިރުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ރިޕޯޓެއް ނެރުމުގައި ބައިވެރިވިކަމަށް ތުހުމަތުކޮށެވެ. އެމައްސަލައިގައި ޗީޕް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަދުނާން އަނީސް، ފުލުހުންގެ ވަޒީފާއިން ޤާނޫނާއި ޚިލާފަށް ކަމަށް ކަނޑައަޅައި، އޭނާ ވަކިކުރަން ފުލުހުން ނިންމި ނިންމުން ސިވިލް ކޯޓުން ބާތިލު ކުރިއެވެ. ނަމަވެސް ހައި ކޯޓުން މިދިޔަ އަހަރުވަނީ ދަށު ކޯޓުގެ އެހުކުމް ބާތިލު ކޮށްފައެވެ. 

އަދުނާނުގެ ފަރާތުން ހައި ކޯޓުގެ އެހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން، އެމައްސަލައިގެ ޝަރީޢަތް އަންނަ ބުރާސްފަތި ދުވަހު ފަށަން ރާއްޖޭގެ އެންމެ މަތީ ކޯޓުން ވަނީ ހަމަޖައްސައިފައެވެ. 

ސުޕްރީމް ކޯޓުގައި އެމައްސަލަ ބައްލަވަނީ ފަނޑިޔާރު އާދަމް މުޙައްމަދާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދެވެ.

 

މިއަދު އޮންލައިން