ޑރ. އަޒްމިރަލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ޖޭއެސްސީ އިން ލަފާދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
ޑރ. އަޒްމިރަލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ޖޭއެސްސީ އިން ލަފާދީފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޑރ. އަޒްމިރަލްދާ ޒާހިރު އާއި އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާދީފިއެވެ.

ޖޭއެސްސީން މިގޮތަށް ނިންމިއިރު މި ދެބޭފުޅުން ސުޕްރީމްކޯޓްގެ ފަނޑިޔާރިކަމަށް އައްޔަން ކުރުމުގެ ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޖޭއެސްސީ ގައި އެދިފައެވެ.

ޖޭއެސްސީން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ހުރިހާ ބޭފުޅުންނާ އިންޓަވިއުކޮށް އަދި އެ ކޮމިޓީގެ ރިޕޯޓުގައި ލަފާދެއްވާފައި ވަނީ އައިޝާ ޝުޖޫން މުހައްމަދާއި ޑރ. އަޒްމިރާލްދާ ޒާހިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށެވެ.

މިކަމާގުޅިގެން ދީނީ އިލްމުވެރިން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

މިއަދު އޮންލައިން