ފިރިހެނުންގެ 200 މީޓަރު ބެކްސްޓްރޯކް ޤައުމީ ރެކޯޑު އައުކޮށްފިއެވެ.
އެއްމަސް ފަހުން މި ރެކޯޑު އައުކޮށްފައިމިވަނީ މިމަހު 18 އިން 25 އަށް ހަންގޭރީގައި ކުރިއަށް ދިޔަ ހަތް ވަނަ ފީނާ ވަރލްޑް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި އިމްޢާން އެވެ.
އޭނާމި ރެކޯޑް އައުކޮށްފައިވަނީ 02:28.17 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯޑް އެންމެ ފަހުންވެސް އައުކޮށްފައިވަނީ އިމްއާން އެވެ. މިދިޔަ މަހު ކޮރެއާގައި ބޭއްވި 18 ވަނަ ފީނާ ވަރލްޑް ޗެމްޕިއަންޝިޕްސް އިމްޢާން މި ރެކޯޑް އައުކޮށްފައިވަނީ 02:33.23 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.
މިފަހަރުގެ 7 ވަނަ ފީނާ ވަރލްޑް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސްގައި ރާއްޖެ ތަމްޞީލްކުރި ޓީމް މާލެ އައުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހުއެވެ.