ސިޔާސީ މަޤާމެއް ބޭނުމެއް ނޫން - ޤައުމަށް ކޮށްދެވުނު ކޮންމެ ޚިދުމަތެއް ކޮށްދޭން މިހުރީ ތައްޔާރަށް!: ޖިހާދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ސިޔާސީ މަޤާމެއް ބޭނުމެއް ނޫން - ޤައުމަށް ކޮށްދެވުނު ކޮންމެ ޚިދުމަތެއް ކޮށްދޭން މިހުރީ ތައްޔާރަށް!: ޖިހާދު

ޖުމްހޫރީ ޕާޓީގެ ވެސް އެއްވެސް ސިޔާސީ މަޤާމެއް ބޭނުންފުޅު ނޫން ކަމަށާއި ނަމަވެސް ޖުމްހޫރީ ޕާޓީއަށްވެސް އަދި ދިވެހި ޤައުމަށް ވެސް ކޮށްދެއްވެން އޮތް ކޮންމެ ޚިދުމަތެއް ކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ނައިބް ރައީސް ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ. 

"ޕާޓީއަށް ޚިދުމަތް ކުރުމުގަ 24 ގަޑިއިރުވެސް ދެމިހުންނާނަން." 

ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަތުމަށްފަހު ޖިހާދު މިރޭ ވިދާޅުވީ އެމަނިކުފާނު ވާނީ އިޤްޠިޞާދީ ދާއިރާއިން ރާއްޖެއަށް ވަރަށް ގިނަ ދާއިރާތަކުން ތަފާތު ޚިދުމަތްތައް ކޮށްދެއްވާފައި ކަމަށެވެ. އެގޮތުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި 3 ދައުރުގައި ފިނޭންސް މިނިސްޓަރުކަމާ އެމްއެމްއޭގެ ގަވަރުނަރުކަން ވެސް ކުރައްވާފައިވާނެ ކަމަށެވެ. 

ޖިހާދު ވިދާޅުވީ ފިނޭންސް މިނިސްޓަރުކަމުގައި ޤާސިމް އިބްރާހީމް ހުންނެވިއިރު ސްޓޭޓް މިނިސްޓަރުކަން ކުރެއްވުމުން ޤާސިމް އިބްރާހީމްގެ ޚިދުމަތްތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. "4 ބިލިއަނުން 12 ބިލިއަނަށް ދައުލަތުގެ ބަޖެޓް ވަރަށް ކުރުމުއްދަތެއްގައި އުފުއްލެވި. ފައިސާ ހޯދޭނެ ގޮތްގޮތާއިމެދު ސުވާލުވެސް އުފެދުނު. ނަމަވެސް އެމަނިކުފާނު ވަނީ އެކަން ވަރަށް ފުރިހަމައަށް މެނޭޖް ކުރައްވާފަ." 

ޖިހާދަކީ ރާއްޖޭގެ މާލީ އެންމެ އިސް މަޤާމުތަކުގައި އެންމެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ އިޤްޠިޞާދީ ދާއިރާގެ އެންމެ ޚިދުމަތްތެރި އެއް ބޭފުޅަކުކަން ފާހަގަކުރެވެއެވެ.

 

މިއަދު އޮންލައިން