ސޯޅަ ވަނަ ނެޝަނަލް އޮލިމްޕިކް އެކަޑަމީ ސެޝަންގައި ބައިވެރިވުމަށް ހުޅުވާލައިފި

ކިޔުމަށް ހޭދަވާނީ 1މ 7ސ
ސޯޅަ ވަނަ ނެޝަނަލް އޮލިމްޕިކް އެކަޑަމީ ސެޝަންގައި ބައިވެރިވުމަށް ހުޅުވާލައިފި

16 ވަނަ ނެޝަނަލް އޮލިމްޕިކް އެކަޑަމީ ސެޝަން 2019 ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

ސްވިމިން އެސޯސިއޭޝަނުން ބުނީ ސްރީލަންކާގެ ނެޝަނަލް އޮލިމްޕިކް އެކަޑަމީން އިންތިޒާމް ކޮށްގެން އެ ގައުމުގެ ބަންޑާރަވެލާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ސެޝަންގައި ރާއްޖެއިން ބައިވެރިކުރުމަށް ނިންމާފައިވަނީ ތިން އަންހެން އަދި ތިން ފިރިހެން ބައިވެރިން ކަމަށެވެ.

މި ބައިވެރިން ހޮވާނީ ކުޅިވަރު އެސޯސިއޭޝަންތަކުންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ހުށަހަޅާ ނަންތަކުގެ ތެރެއިން ވަނަވަރާއި އިންޓަވިއުއަށް ބެލުމަށްފަހު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

މިއަހަރުގެ އޮކްޓޫބަރު 16 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ މި ސެޝަނުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ކުރިއަށް އޮތް ސެޕްޓެމްބަރު 1 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން ކަމާގުޅޭ ލިޔުންތައް ހުށަހަޅަން ޖެހެއެވެ.

އެސޯސިއޭޝަނުން ނަންތައް ފޮނުވުމުގައި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްސީލްކޮށްފައިވާ ފަރާތްތަކަށާއި މީގެކުރިން މި ސެޝަނުގައި ނުވަތަ މިފަދަ ސެޝަނެއްގައި ބައިވެރި ނުވާ ފަރާތްތަކާއި  އެސޯސިއޭޝަނުގެ ހަރަކާތްތަކުގައި އެކްޓިވްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި އެ އެސޯސިއޭޝަނުގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށްވެސް އިސްކަންދޭނެކަމަށްވެސް ވަނީ ބުނެފައެވެ. 

މިއަދު އޮންލައިން