އަޒްލީން ގައިގަ ޖަހައި މަރާލަން އިންޒާރުދިން މައްސަލަ ހުށަހަޅާފައިވޭ!: ފުލުހުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
އަޒްލީން ގައިގަ ޖަހައި މަރާލަން އިންޒާރުދިން މައްސަލަ ހުށަހަޅާފައިވޭ!: ފުލުހުން

ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދުގެ ހަށިކޮޅުގައި މީހަކު ޖަހައި މަރާލާނެ ކަމުގެ އިންޒާރުދީ ގެއަށް ވަންނަން ހުށަހެޅި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނނެފިއެވެ.

އަޒްލީން ވިދާޅުވީ ރޭ 12.15 ހައިއިރު ގެއަށް ވަދެވަޑައިގަންނަވަން އުޅުއްވަނިކޮށް އައިސް ކުއްލިއަކަށް އެމަނިކުފާނުގެ ގައިކޮޅުގައި ޖަހައި އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދީފައިވަނީ އެމްޑީޕީގެ ހާޑްކޯ އެކްޓިވިސްޓެއް ކަމަށެވެ. އަދި އޭނާ އަކީ ކާކުކަމާއި އޭނާގެ މަޢުލޫމާތު ލިބިވަޑައިގަތީ ފަހުިން ކަމަށެވެ.

"އަޅުގަނޑަށް ފޯނުގަ އަތްލުމުގެ ފުރުޞަތުވެސް ނުދިން. އަޅުގަނޑުގެ ގައިގަ 2 ފަހަރަށް ޖެހި. ގެއަށް ވަނަ ނުދީ އަނިޔާކުރަން މަސައްކަތްކުރީ. ނަޞީބަކުން އެވަގުތު އެތަނަށް އައި ދެ ފުލުހަކު އަޅުގަނޑު ސަލާމަތްކުރީ. ޖަހާފަ ބުނީ އެއްވެސް ކަމެއް ނުކުރެވޭނޭ ހެކި ދޭނެ މީހަކުވެސް ނުހުންނާކަމަށް. އަދި ޖޭޕީއަށްވަދެ ގާސިމާ ގުޅިގެން އަނެއްކާވެސް ބަޣާވާތެއް ރާވަންތޯ؟ ސުވާލުވެސް ކުރި."

އަޒްލީން ވިދާޅުވީ ހޯމް މިނިސްޓަރުގެ މަޤާމުގައި ހުންނެވިއިރު ޤާނޫނާއި ޚިލާފަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އެހެންކަމުން އެއްވެސް މީހަކު އެމަނިކުފާނާއިމެދު ޒާތީ ހަސަދަވެރިކަމެއް ބާއްވަން ޖެހޭ އެއްވެސް ސަބަބެއް ނުއޮންނާނެ ކަމަށެވެ. "ސިޔާސީ ފިކުރު އެމީހަކު ބޭނުން ގޮތަކަސް ބެހެއްޓުމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިފައިވާ ޤާނޫނީ ޙައްޤެއް. ވީމާ ޖުމްހޫރީ ޕާޓީ އާ އަޅުގަނޑު ގުޅުމަކީ މަރާލަން ޖެހޭ ސަބަބެއް ނޫން. އަނިޔާވެރިކަމަކީ މިފެންނަ ކަންކަން."

އަޒްލީން އަހްމަދު ހޯމް މިނިސްޓަރު ކަމުގައި ހުންނެވިއިރުވެސް ޤާނޫނާއި ޚިލާފަސް ހޯމް މިނިސްޓްރީން ކުރުވަން ރައީސް ޔާމީން ބޭނުންވި ބައެއް ކަންކަން އެހެން މިނިސްޓަރުން މެދުވެރިކޮށްގެން ކުރުވާފައިވާކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން