ރައްޔިތުންނާ ސަރުކާރަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަން ފުލުހުންގެ ކިބައިގަ އެބަހުރި!: ހޯމް މިނިސްޓަރ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ރައްޔިތުންނާ ސަރުކާރަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަން ފުލުހުންގެ ކިބައިގަ އެބަހުރި!: ހޯމް މިނިސްޓަރ

ދިވެހިރައްޔިތުންނާއި ސަރުކާރަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަން ފުލުހުންގެ ކިބައިގަ އެބަހުރި ކަމަށާއި އަދި މިހާރުވެސް ގެންދަނީ އެ ކަމަށް މަސައްކަތްކުރަމުން ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝައިޚް އިމްރާން ވިދާޅުވީ ފުލުހުންގެ މުއައްސަސާ ވަކި މުއައްސަސާއަކަށް ހަދައި ހިންގަންފެށުނީ 2004 ވަނަ އަހަރު ކަމަށާއި އެއިރުން ފެށިގެން މީހުން ބިނާކުރަން ކުރަމުން އައި މަސައްކަތްތަކުގެ ސަބަބުން މިހާރުވެސް ވަނީ ގިނަ އަދަދަދެއްގެ ޤާބިލް ފުލުސް އޮފިސަރުން ތަމްރީނުކުރެވިފައި ކަމަށެވެ. އަދި މީގެ އިތުރުން ބޭރުގެ ތަޖުރިބާ ކާރުން ގެނެސްގެން ވެސް އިތުރަށް ތަމްރީނު ދިނުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ.

ޝައިޚް އިމްރާން ވިދާޅުވީ ފުލުހުންގެ މަސައްކަތްތައް ފުޅައުކޮށް ޚިދުމަތް ފުރިހަމަކުރުމުގެ ގޮތުން މިހާރުވަނީ 5އަހަރު ދުވަހުގެ ސްޓްރެޖިކް ޕްލޭނެއް އެކަށައަޅައި ނިމިފައި ކަމަށާއި އެ ޕްލޭން ތަންފީޒްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެކަމަށްޓަކައި އިނގިރޭސި ވިލާތުގައި ދިވެހި ފުލުހުން ތަމްރީނު ކުރުމުގެ ފުރުޞަތު ހޯދަން މިހާރުވެސް މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ.

މިއަދު އޮންލައިން