إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
"މިއަދު ހދ. ނޮޅިވަރަން ފަރުން ފުރައިގެން ހދ. ހަނިމާދޫއަށް ދަތުރުކުރަމުންދިއަ ލޯންޗެއް ބަންޑުން ޖަހައިލި ހިތާމަވެރި ހާދިސާގައި ނިޔާވި 5 މަރްޙޫމުންގެ ފުރާނައަށް މާތް ﷲ ގެ ތަނަވަސް ރަޙްމަތްފުޅުން ސުވަރުގޭގެ މަތިވެރި ނިޢްމަތް މިންވަރު ކުރައްވަވާށި! އަދި އެ މަރްޙޫމުންގެ ޢާއިލާތަކަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވެވުން އެދި މާތް ﷲ ގެ މަތިވެތި ޙަޟްރަތުގައި ދުޢާ ދަންނަވަން!
މިހިތާމަވެރި ދަނޑިވަޅުގައި އަޅުގަނޑާއި ޖުމްހޫރީ ޕާޓީގެ އެންމެހައި މެންބަރުންގެ ނަމުގައި އެ މަރްޙޫމުންގެ ޢާއިލާތަކުގެ ހިތާމައިގައި ބައިވެރިވެ ތަޢްޒިޔާ ދަންނަވަމެވެ."
- ޤާސިމް އިބްރާހީމް