ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ބެޓެރީ ވަގަށްނެގި ދެމީހަކު ހައްޔަރު ކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 40ސ
ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ބެޓެރީ ވަގަށްނެގި ދެމީހަކު ހައްޔަރު ކޮށްފި

ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ބެޓެރީ ވަގަށްނެގި ދެމީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ މިކަމުގެ މަުލޫމާތު ލިބިފައިވަނީ މިއަދު 11 ޖެހިއިރު ކަމަށާއި މި މައުލޫމާތު ލިބުމާއެކު ފުލުހުން ކުރި މަސައްކަތުން ބެޓެރީ ވަގަށްނެގި ދެމީހުން މިއަދު 12:30 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

ކުށުގެވެށިން ފެނުނު ވަގަށްނެގި ބެޓެރީ ތަށް މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީއިތުރުން ޝަހީދު އަލީ ގޯޅިތެރެއިން ބިދޭސީއެއްގެއަތުން ފޯނެއް ފޭރުނުމީހަވު އެ ފޯނާއެކު ފުލުހުން ވަނީ އަތުލައިގަނެފައެވެ.  އަދި މިމަހުގެ 27 ވަނަ ދުވަހުގެ ރޭ މަޖީދީމަގު އަގޯރާ ކައިރިން އަންހެނެއް ގެ ޕާސްއެއް ފޭރުނު 32 އަހަރުގެ ފިރިހެނަކުވެސް ވަނީ ސީސީތީވީ ފުޓޭޖް ބަލައިގެން ހައްޔަރު ކޮށްފައެވެ.

މިމައްސަލަތަށް ފުލުހުން ދަނީ އިތުރަށް ތަހުގީގް ކުރަމުންނެވެ.

މިއަދު އޮންލައިން