މިއަދު ނިވާވި މީހުންގެ ޖަނާޒާގެ ކަންތައް ފުރިހަމަކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
މިއަދު ނިވާވި މީހުންގެ ޖަނާޒާގެ ކަންތައް ފުރިހަމަކޮށްފި

ހދ. ނޮޅިވަރަންފަރުން ހަނިމާދޫއަށް ދަނިކޮށް ލޯންޗް ބަންޑުން ޖަހައިލި ހާދިސާގައި ނިޔާވި 4 މީހުންނާއި ކުޑަކުއްޖާގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަކޮށްފިއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ވަރަށް ގިނަ އަދަދެއްގެ ހަނިމާދޫ ރައްޔިތުންގެ އިތުރުން ޖަނާޒާގައި ނޮޅިވަރަންފަރުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ. 

"ދެ ރަށުގެ ރައްޔިތުން އެކުގައި ކަހަލަ ގޮތަކަށް ސަހަރާގައި ތިބި." ކަމަށް ހަނިމާދޫ މީހަކު ބުނެފައިވެއެވެ. 

" އަޅުގަނޑުމެންގެ މުވައްޒަފު ޝިފާޒުގެ ކުޑަ ދަރިފުޅާއި، އަންހެނުން އަދި އަންހެނުންގެ މަންމައާއި ބައްޕަ މިއަދު ކަނޑުމަތީގައި ދިމާވި ހާދިސާގައިވަނީ ނިޔާވެފަ އަދި މީގެ އިތުރުން ނިޔާވެފައިވަނީ އަޅުގަނޑުމެންގެ މުވައްޒަފު ފައިސަލްގެ މަންމަ. ނިޔާވި ބޭފުޅުންނަށް މާތްﷲ ސުވަރުގެލައްވާށި.އާމީން

" މިއީ އެމްއޭސީއެލްއިން ކޮށްފައިވާ ޓްވީޓެކެވެ.

މިއަދު އޮންލައިން