ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒިފަކަށް ހަމަލާދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
މިމައްސަލައާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ވެމްކޯގެ މުވައްޒިފަކަށް ހަމަލާދިން މައްސަލައެއް ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
ވީޑިއޯއިން ފެންނަނީ އެސްލޯނު ހޮޅިއެއްފަދަ އެއްޗަކުން ފިރިހެނަކު ވެމްކޯގެ މުވައްޒިފަކަށް ހަމަލާދޭ މަންޒަރެވެ. ވެމްކޯގެ މުވައްޒިފާއި ދިމާލަށް ހަޑި ހުތުރު ބަސްތަކުން މުޚާތަބު ކުރާ އަޑުވެސް ވީޑިއޯއިން އިވެއެވެ.
WAMCO kuni nagaa muvahziffakah magumathin hamalaa dhey video eh.
— Insaaf Koba (@InsaafKoba) August 31, 2019
Mi video gai hamalaa dhey meeha ge evves mauloomaath eh ingivadaigannavaa nama @PoliceMv ah angavaa @cnm_mv @avasmv @raajjemv @thayyib @Lucasjalyl @AdleeDeadly @nautymatox @MohamedNasheed @Raajje_tv @ibusolih pic.twitter.com/XGw9ePDG7e