އިސްލާމީ ޔުނިވާސިޓީގެ މަހާސިންތާ މިއަދު ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
އިސްލާމީ ޔުނިވާސިޓީގެ މަހާސިންތާ މިއަދު ފަށައިފި

 ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އިސްލާމީ ޔުނިވާސިޓީގެ މަހާސިންތާ މިއަދު ފަށައިފިއެވެ.

300 އަށް ވުރެއް ގިނަ ބޭފުޅުން ބައިވެރިވާ މިމަހާސިންތާ ބާއްވަނީ "އިލްމު ހިއްސާކޮށް އިލްމު އުނގެނުމަށް ލޯބިކުރާ މުޖުތަމައެއް ބިނާކުރުން" މި މައުލޫގެ މައްޗަށެވެ.

މި މަހާސިންތާގައި ޖުމްލަ 50 ދިރާސާ ކަރުދާހާއި 5 ޕޯސްޓަރު ހުށަހަޅާއިރު އޭގެ ތެރޭގައި ސައުތުއޭޝިޔާގެ އެކި އެކި ގައުމުތަކުގެ ބޭފުޅުން ހުށަހަޅުއްވާ 35 ކަރުދާހަކާއި ރާއްޖޭގެ ބޭފުޅުން ހުށަހަޅުއްވާ 15 ކަރުދާހެއް ހިމެނޭއިރު މި އަހަރުގެ މަހާސިންތާގައި ކަރުދާސް ހުށަހަޅާ ދާއިރާތަކުގެ ތެރޭގައި ސައިކޮލޮޖީ، މެންޓަލް ހެލްތް، ކަރްކިއުލަމް، އިސްލާމިކް ސިވިލައިޒޭޝަން، ފައިނޭންސް، ގުރުއާނުގެ ސައިންސް، ޝަރީއާ އެންޑް ލޯ، ޕޮލިޓިކްސް އެންޑް ޑިޕްލޮމަސީ، ޑިޖިޓަލައިޒޭޝަން އަދި ލެންގްވޭޖް އެންޑް ލިޓްރޭޗާ ހިމެނެ އެވެ.

މިމަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ އާއި އެންވަޔަރުމަންޓް މިނިސްޓަރު ހުސެން ރަޝީރު ހަސަން ބައިވެވަޑައިގެންފައިވެ އެވެ.

އިސްލާމީ ޔުނިވާސިޓީ އިން 2016 ވަނަ އަހަރުން ފެށިގެން އަންނަނީ މި މަހާސިންތާ ބާއްވަމުންނެވެ.

މިއަދު އޮންލައިން