ކުށެއް ނެތް މަޢްޞޫމް ކުޑަކުދިންނަށް މިފަދަ އަނިޔާކުރުމަށްފަހު އެކުދިން ދެކެ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ﷲ ދައްކާނީ ކޮން މޫނެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ކުށެއް ނެތް މަޢްޞޫމް ކުޑަކުދިންނަށް މިފަދަ އަނިޔާކުރުމަށްފަހު އެކުދިން ދެކެ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ﷲ ދައްކާނީ ކޮން މޫނެއް؟

މިއީ އުމުރުން އެންމެ 2 އަހަރާ 10 މަހުގެ ތުއްތު ލާނާއެވެ. އޭނާގެ ދެ ލޯ ކައިރި ބައްލަވައިލައްވާށެވެ! ހަށިގަނޑުގައިވެސް ހަމަ މިފަދަ ނިޝާންތައް ފެންނަން އެބަހުއްޓެވެ.

ތުއްތު ލާނާ ހުރީ އޭނާގެ ބައްޕަ އާއި ބައްޕަގެ ޢާއިލާގެ ބެލުމުގެދަށުގައެވެ. މިއަނިޔާތައް ލިބިފައި ވަނީ ތަޅައި އަނިޔާކުރުމުންނެވެ. ސުވާލަކީ އެކަން ކުރީ އަޅެފަހެ އިންސާނެއް ހެއްޔެވެ؟

މިއީ ރާއްޖޭގައި ހިންގާފައިވާ ކަމެއް ނޫނެވެ. ނަމަވެސް މުސްލިމް ޤައުމެއްގައެވެ. ރާއްޖޭގައިވެސް މިފަދަ ކަންކަން ހިނގަނީ މަދަކުން ނޫނެވެ. މިއީ ހިތާމަ ހުރި ކަމެކެވެ. އެއްވެސް ކުށެއް ނެތް މަޢްޞޫމް ކުޑަކުދިންނަށް އަނިޔާކުރުމަށްފަހު އެކުދިން ދެކެ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ﷲ ތައާލާ އަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ.!

 

މިއަދު އޮންލައިން