ދަރިން ނުފޮނުވަންވީ ހަމައެކަނި މިސްކިތަށްތަ؟ ދަރިވަރުންގެ ވާހަކަވެސް ސޫދު ދެއްކި - ސްކޫލަށްވެސް ނުފޮނުވަން ގޮވާނުލަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ދަރިން ނުފޮނުވަންވީ ހަމައެކަނި މިސްކިތަށްތަ؟ ދަރިވަރުންގެ ވާހަކަވެސް ސޫދު ދެއްކި - ސްކޫލަށްވެސް ނުފޮނުވަން ގޮވާނުލަނީ ކީއްވެ؟

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަނި ނަމާދަށްދާ ކުދިންގެ ވިސްނުން ބަދަލުކުރަން "ހަރުކަށި ފިކުރުގެ" މީހުން މަސައްކަތްކުރާކަމަށް ބުނެފައިވާއިރު ހަމަ އެމީހުން ސްކޫލަށް ދާ ދަރިވަރުންގެ ވިސްނުން ބަދަލުކުރަން މަސައްކަތް ކުރާ ވާހަކަވެސް ވަނީ ބުނެފައެވެ. 

ނަމަވެސް އެވާހަކަތަކާއި ގުޅިގެން ހަމަ އެވަގުތުން ފެށިގެން ދަނީ ދަރިން އެކަނި މިސްކިތަށް ނުފޮނުވަން ގޮވާލަމުންނެވެ. އެއްވެސް މީހަކު ދަރިން އެކަނި ސްކޫލަށް ނުފޮނުވަން ގޮވާލާ އަޑެއް އަދި ނުއިވެއެވެ. އެހެންކަމުން ހުރިހާ ކަމެއް މިއަމާޒުވަނީ މިސްކިތަށެވެ. މިސްކިތައް ދިއަ ނުދިނުމަށެވެ. ނަމާދުކުރަން ހުރަސް އެޅުމަށެވެ. 

މިކަމާއި ގުޅިގެން ދީނީ ބައެއް ޢިލްމުވެރިން ވަނީ މިސްކިތްތައް ބަންދުކުރަން ގޮވައިނުލި ކަމަށްޓަކައި އުފާ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

 

މިއަދު އޮންލައިން