ހަސަތޭކަ އަށްޑިހަ ނުވަ މައްސަލައަކާ ގުޅުންހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ކިޔުމަށް ހޭދަވާނީ 1މ
ހަސަތޭކަ އަށްޑިހަ ނުވަ މައްސަލައަކާ ގުޅުންހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

އެކިއެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 689 މައްސަލައެއްގެ ހިމެނޭ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

މިތަކެތި ނައްތާލާފައިވަނީ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ދޫނިދޫގައެވެ. އެގޮތުން ނައްތާލާފައިވަނީ 2010 އިން 2019 އަށް ހުށަހަޅާފައިވާ 689 މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 9834 ބިޔަރު ދަޅާއި 5609 ފުޅި ބަނގުރަލާއި 871 ޕެޓް ފުޅި އާއި 5 ލީޓަރުގެ 48 ފުޅި އާއި  20 ލީޓަރުގެ 57 ހަމާއި 07 ބާލިދީ އާއި 03 ޓައްޕުގައި ހުރި ބަނގުރަލާއި އެހެނިހެން 617 ބާވަތެވެ.

ނައްތާލާފައިވާ އެހެނިހެން ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ހުސްފުޅި އާއި ހުސްދަޅާއި އަދި އެތަކެތި ބަންދުކުރުމަށް ބޭނުންކުރާ ކަރުދާސް ފޮއްޓާއި ބަނގުރާ ތައްޔާރުކުރުމަށް ބޭނުންކުރާ އާލާތްތަކުގެ އިތުރުން ބިއްލޫރި ތައްޓާއި، ބަނގުރަލުގެ އަސަރު އެކުލެވޭ އެހެނިހެން ބައެއް ތަކެއްޗެވެ.

 

ބަނގުރަލާ ނައްތާލުން ދޫނިދޫގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު އަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

މިއަދު އޮންލައިން