އާޒިމާގެ މައްޗަށް ދައުވާކުރާ މައްސަލައެއްގެ އަޑުއެހުމެއް މިއަދު މެންދުރު!

ކިޔުމަށް ހޭދަވާނީ 1މ 15ސ
އާޒިމާގެ މައްޗަށް ދައުވާކުރާ މައްސަލައެއްގެ އަޑުއެހުމެއް މިއަދު މެންދުރު!

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލާގައި ދެ ދައުވާއާއެއްގެ އަޑުއެހުން މިއަދު ބޭއްވުމަށް ތާވަލުކޮށްފިއެވެ.

 

އާޒިމާގެމައްޗަށް ދައުލަތުން ކުރަނީ ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާއެވެ.

 

މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދަޢުވާ އާޒިމާގެ މައްޗަށް ކުރަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ބެހިކަމަށް ބުނާ ކުންފުނި އެސްއޯއެފުން ކުރީގެ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރިކަމަށް ތުހުމަތުކުރެވޭ އެއް މިލިއަން ޑޮލަރު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ އެކު ހެދި އެސްކްރޯ އެކައުންޓްގައި ބެހެއްޓުމަށް އެއްބަސްވުމަށްފަހު އެއާ ޚިލާފްވި މައްސަލާގައެވެ.

 

ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އޭނާގެމައްޗަށް ކުރަނީ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އޭސީސީއާއެކު ހެދި އެސްކްރޯ އެކައުންޓަށް ޖަމާކުރިކަމަށް ބުނެ އޭސީސީއަށް ދޮގު މައުލޫމާތު ދެއްވި ކަމުގެ ތުހުމަތުގައެވެ.

 

މިމައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު އަޑުއެހުމެއް ބާއްވަން ހަމަ ޖައްސާފައިވަނީ 13.00 ގައެވެ.

 

އާޒިމާ ވަނީ މީގެ ކުރިން ބޭއްވި އަޑުއެހުމުގައި އެ ދައުވާތަކަށް އިންކާރު ކުރައްވާފައެވެ. އަދި އެއީ އޭނާގެ މައްޗަށް ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމްއަށް ކުރެވޭނެ ދައުވާއެއް ނޫން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން