ރާއްޖޭގެ ފުލުހުންގެ މޮޓޯކޭޑުގައި ފުރަތަމަ ފަހަރަށް އަންހެން ފުލުހަކު ބައިވެރިވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 29ސ
ރާއްޖޭގެ ފުލުހުންގެ މޮޓޯކޭޑުގައި ފުރަތަމަ ފަހަރަށް އަންހެން ފުލުހަކު ބައިވެރިވެއްޖެ!

ރާއްޖޭގެ ފުލުހުންގެ ވީވީއައިޕީ މޮޓޯކޭޑުގައި ފުރަތަމަ ފަހަރަށް އަންހެން ފުލުހަކު މިއަދު ބައިވެރިވެއްޖެއެވެ.

ފުލުހުންގެ ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓްގެ ލާންސް ކޯޕަރަލް އަލީނާ މޫސާ ވީވީއައިޕީ މޮޓޯކޭޑުގައި ބައިވެރި މިވީ ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިންނެވެ.

މިކަމާގުޅިގެން ފުލުހުން ކުރި ޓްވީޓެއްގައި އަންހެން ފުލުހުންގެ މަސައްކަތަށް ތައުރީފުކޮށް، ވީވީއައިޕީ މޮޓޯކޭޑުގައި ހިމެނުނު އަންހެން ފުލުހުންނަށް ވަނީ މަރުހަބާ ކިޔައިފައެވެ.

 

މިއަދު އޮންލައިން