ޒުވާނަކު ދުއްވި ކާރެއް ފަހަތަށް ޖަހަން އުޅެނިކޮށް ކޮންޓްރޯލުނުވެ މޫދަށް ވެއްޓިއްޖެއެވެ.
މިހާދިސާ ހިނގީ ގދ. ތިނަދޫގައި އަލަށް ހިއްކި ސަރަހައްދުގައި މިއަދު 4:30 ހާއިރުއެވެ. މިހާދިސާގައި ކާރުވަނީ ހިލަ ތޮށިގަޑު މަތިން މޫދަށް ވެއްޓިފައެވެ.
މައުލޫމާތުލިބިފައިވާގޮތުގައި މިހާދިސާ ހިނގާފައިވަނީ ކާރެެއް ފަހަތަށް ޖަހަން އުޅުމުގެ ތެރޭގައި އޮޅިގެން ރޭހަށް ފިތާލެވުމުން ކޮންޓްރޯލް ނުވެގެންނެވެ.
މިހާރު އަންނަނީ މިކާރު ނެގުމުގެ މަސައްކަތް ކުރަމުންނެވެ.