ރިލްވާން މައްސަލައާއި ގުޅިގެން ސާދަ މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި!

ކިޔުމަށް ހޭދަވާނީ 49ސ
ރިލްވާން މައްސަލައާއި ގުޅިގެން ސާދަ މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި!

މަރާލާފައިވާ މިނިވަން ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މަރުގެ މައްސަލައާ ގުޅިގެން 14 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ 14 މީހުންގެ ޕާސްޕޯޓު ހިފެހެއްޓީ ރިޔާސީ ކޮމިޝަނުން އެކަމަށް އެދުމުންނެވެ. ރިލްވާން މައްސަލައިގެ މައުލޫމާތު އާއްމު ކުރަމުން މިދިޔަ އާދީއްތަ ދުވަހު ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވަނީ ބައެއް މީހުންގެ ޕާސްޕޯޓު ހިފަހައްޓަން އެދިފައި ވާނެ ކަމަށް ވިދާޅުވެފައެވެ. 

އެ މައްސަލައިގެ ޑްރާފްޓް ރިޕޯޓު ސުއޫދު އިއްޔެ ވަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަރުވާފައެވެ. 

މިމައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން، 14 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަން ފިޔަވައި އިތުރު މައުލޫމާތެއް އަދިއެއް ލިބިފައެއް ނުވެ އެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބިލްގައި ވަނީ ހައްޔަރު އަމުރާއި ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުމުގެ ބާރު ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.

މިއަދު އޮންލައިން