މަޖިލީހުގެ ސަމާލުކަމަށް! ސާދަ އަހަރުގެ ކުއްޖަކު ބައްޕައާ ދޮންމަންމަ ހިމެނޭ ގޮތަށް ބަޑިޖަހާ ޢާއިލާގެ 5 މީހުން މަރާލައިފި! - ދެންވެސް ކުޑަ ކުއްޖެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
މަޖިލީހުގެ ސަމާލުކަމަށް! ސާދަ އަހަރުގެ ކުއްޖަކު ބައްޕައާ ދޮންމަންމަ ހިމެނޭ ގޮތަށް ބަޑިޖަހާ  ޢާއިލާގެ 5 މީހުން މަރާލައިފި! - ދެންވެސް ކުޑަ ކުއްޖެއް؟

އެމެރިކާގެ އަލަބާމާގަ 14 އަހަރުގެ ފިރިހެން ކުއްޖަކު ބައްޕަ އާއި ދޮންމަންމަ ހިމެނޭ ގޮތުން ޢާއިލާގެ 5 މީހުންގެ ގައަށް ބަޑިޖަހާ މަރާލައިފިއެވެ.

މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީވެސް އޭނާއެވެ. އެއިރު ބުނީ މަތީ ބުރީގަ ބަޑި ޖެހި އަޑު އިވުނު ކަމަށާއި ބަޑިޖެހީ ކާކުކަން ނުއެނގޭ ކަމަށެވެ. ނަމަވެސް ފަހުން ވަނީ ބަޑިޖަހައި ޢާއިލާގެ 5 މީހުންވެސް މެރީ އޭނާ ކަމަށް އެއްބަސްވެފައެވެ. 

ސުވާލަކީ ދެންވެސް އޭނާ އާއި މެދު އަމަލުކުރަން ޖެހޭނީ ކުޑަކުއްޖަކާއިމެދު އަމަލުކުރާ އުޞޫލުން ހެއްޔެވެ؟ އިނގިރޭސިވިލާތުގައި މީހަކު މެރި މައްސަލައެއްގައި 17 އަހަރުގެ ކުއްޖަކަށް ވަނީ 37 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފައެވެ. 

ގުޅުންހުރި ލިޔުން!

 

މިއަދު އޮންލައިން