ސައުދީގަ ބާއްވާ ބައިނަލްއަޤްވާމީ ޤުރްއާން މުބާރާތުގެ ފަނޑިޔާރުކަން ކުރެއްވުމަށް ޝައިޚް އިލްޔާސް ސައުދީއަށް ފުރާވަޑައިގެންފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 39ސ
ސައުދީގަ ބާއްވާ ބައިނަލްއަޤްވާމީ ޤުރްއާން މުބާރާތުގެ ފަނޑިޔާރުކަން ކުރެއްވުމަށް ޝައިޚް އިލްޔާސް ސައުދީއަށް ފުރާވަޑައިގެންފި

ކިންގް ޢަބްދުލްޢޒީޒު އިންޓަރނޭޝަނަލް ޤުރްއާން މުބާރާތުގެ ފަނޑިޔާރުކަން ކުރެއްވުމަށްޓަކައި ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ސައުދީ އަރަބިޔާ އަށް ފުރާވަޑައިގެންފިއެވެ. 

މިއީ މިފަދަ ބައިނަލްއަޤްވާމީ މުބާރާތެއްގެ ފަނޑިޔާރުކަން ކުރެއްވުމުގެ ފުރުޞަތު ރާއްޖޭގެ ދީނީ ޢިލްމުވެރިއަކަށް ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ޝައިޚް އިލްޔާސްއަށް މިފުރުޞަތު ލިބިވަޑައިގަތުމުން ނައިބް ރައީސް ފައިޞަލް ނަސީމް ވަނީ ޝައިޚް އިލްޔާސް ޙުސައިންއަށް މަރުޙަބާ ވިދާޅުވެފައެވެ. 

ޝައިޚް އިލްޔާސް ޙުސައިން އަކީ ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ތެރެއިން އެންމެ އިސް ސަފުގައި ހުންނެވި، އބަދުވެސް ކޮންމެ ކަމެއްވެސް ކީރިތި ޤްރުއާނާއި އެއްގޮތަށް ކުރުމަށް ގޮވާލައްވަމުން ގެންދަވާ ޢިލްމުވެރިއެކެވެ.

މިއަދު އޮންލައިން