ބާޖެއް ހިންމަފުށީ ފަރަށް އަރައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 40ސ
ބާޖެއް ހިންމަފުށީ ފަރަށް އަރައިފި!

ބާޖެއް ކ. ހިންމަފުށީ ފަރަށް އަރައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި ބާޖަކީ އިންޑިއާގެ ސޫތުކުޅި (ޓުޓިކޮރިން) އިން ހިލަ ބަރުކޮށްގެން މާލެ އަށް ދަތުރުކުރި އުޅަދެކެވެ.

މިކަމާގުޅިގެން އެމްއެންޑީއެފް އިން ބުނެފައިވަނީ ބާޖެއް ކ.ހިންމަފުށީ އިރުމަތީފަރާތު ފަރަށް އަރައިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.

މި ބާޖު ފަރަށް އެރީ، ބާޖު ކަފުޖަހައިގެން ދަތުރުކުރި ޓަގު ބޯޓުގެ ބުރަފަތީގައި ވަލެއް އޮޅި، ޓަގު ބޯޓުގެ އިންޖީނު ހުއްޓިގެންކަމަށް ޓަގު ބޯޓުގެ ކެޕްޓަން އާއި ހަވާލާދީ އެމްއެންޑީއެފް އިން ވަނީ ބުންޏެވެ.

އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ދަނީ މި ބާޖު ފުންކުރުމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

 

މިއަދު އޮންލައިން