މާލެއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުން މީހާ ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 48 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީން މާލެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުގެ 07:48 އެހައިކަންހާއިރު ގަން އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ.
ކޯޓު އަމުރެއްގެ ދަށުން އެމީހާ ހައްޔަރުކޮށް ހަށިގަނޑު ބަލައިފާސްކުރިއިރު، އޭނާގެ ހަށިގަނޑުގައި ފޮރުވާފައިވަނިކޮށް މަސްތުވާތަކެތި ހުރި ހަތަރު ބުލެޓް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން، މިނިސްޓްރޯ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.