ހޯމް މިނިސްޓަރާއި ފުލުހުންގެ އިސްވެރިން ރިލްވާންގެ އާއިލާއާ ބައްދަލުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 9ސ
ހޯމް މިނިސްޓަރާއި ފުލުހުންގެ އިސްވެރިން ރިލްވާންގެ އާއިލާއާ ބައްދަލުކޮށްފި

ހޯމް މިނިސްޓަރު ޝައިޚް އިމްރާންއާއި ފުލުހުންގެ އިސްވެރިން ގެއްލުނު ނޫސްވެރިޔާ އަހްމަދު ރިލްވާންގެ އާއިލާއާ ބައްދަލުކޮށްފި އެވެ.

ފުލުހުންގެ އިދާރާ އިން ކުރި ޓްވީޓްގައި ބުނެފައިވަނީ މިއަދު ހެނދުނު ރިލްވާންގެ އާއިލާއާ ބައްދަލު ކުރެއްވި ކަމަށާއި ނަމަވެސް އެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކެއް އަދި ބައްދަލުވުން ބޭއްވުނު ބޭނުމެއް ވެސް ޓްވީޓްގައި ބުނެފައެއްނުވެއެވެ.

ފުލުހުން ކުރި ޓްވީޓްގައި އިތުރަށް ބުނެފައި ވަނީ، މަރު ކޮމިޝަންގެ އެ ރިޕޯޓާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާއެކު ބައްދަލުކުރެއްވުމަށް މިހާރު ރައްޔިތުންގެ މަޖިލީހުގެ އިދާރަގައި އެދިފައިވާނެ ކަމަށެވެ.

 މި ބައްދަލުކުރެއްވުމަށް ފުލުހުންގެ ފަރާތުން  ބައިވެރިވަޑައިގަތީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު  އާއި އެސިސެޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒެވެ.

 

 

މިއަދު އޮންލައިން