މާލޭގެ ގެއަކަށް ވަދެ 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސލައެއްގައި އުމުރުން 47 އަހަރުގެ ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ ބަންދަށް 10 ދުވަސް ކޯޓުން ޖަހައިދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިމަހުގެ 2 ވަނަ ދުވަހުގެ ރޭ 7 ޖެހިއރު ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުން އެ ބަންގާޅީއަކީ އެގެއަށް ގޮސް އުޅޭ މީހެކެވެ. ޖިންސީ ގޯނާކުރީ ކުއްޖާ ސިޓިންގ ރޫމްގައި އެކަނި އިން ވަގުތަކުއެވެ. ކުއްޖާ މިކަމުގެ މައުލޫމާތު ޢާއިލާއަށް ހިއްޞާކުރުމުން ބަންގާޅީ ހޯދައި ފުލުހުންނާއި ޙަވާލުކުރީ ކުއްޖާގެ ބައްޕަ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ މިފަދަ މައްސަލަތައް ދަނީ އިތުރުވަމުންކަން ފާހަގަކުރެވެއެވެ. މިފަދަ ބައެއް އަމަލުތައް ހިންގާފައިވަނީ ބައެއް ގޭގެއިން ބަންގާޅީންނާއިމެދު ބަހައްޓާ "ޚާއްޞަ" ގާތް ގުޅުމަކުންކަން ވެސް ބައެއް މައްސަލަތަކުގެ ތަޙްޤީޤުން ވަނީ އެނގިފައެވެ. ވީމާ މިކަމަކީ ވަރަށް ފުންކޮށް ވިސްނަން ޖެހިފައިވާ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.