ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ އިންޑިއާގެ އާ އެމްބަސީގެ ބިންގާ އަޅައިފިއެވެ.
މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ބިމުގައި އިންޑިއާގެ އާ އެމްބަސީގެ ބިންގާ އަޅުއްވައިދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރެވެ.
މި އެމްބަސީގެ ބިންގާ އަޅަން ފުރަތަމަ ނިންމާފައި ވަނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. އެހެން ނަމަވެސް އޭރު ބިންގާ ނޭޅުނީ އެމްބަސީތައް އަޅަން ގައުމުތަކަށް ބިންބެހުމުގެ ކަންތައްތައް ނުނިމި އޮތުމުންނެވެ.