ޝީރީންގެ ދަރިފުޅު ޝައިބާންގެ ހާލު ސީރިއަސް‍ - އާއިލާއިން އެދެނީ ހެޔޮ އެދޭ މީހުންގެ އެހީތެރި ކަމަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
ޝީރީންގެ ދަރިފުޅު ޝައިބާންގެ ހާލު  ސީރިއަސް‍ - އާއިލާއިން އެދެނީ ހެޔޮ އެދޭ މީހުންގެ އެހީތެރި ކަމަށް!

މިދިޔަ މަހުގެ 10 ވަނަ ދުވަހު ލ. ގަމުގައި ބާރު ސްޕީޑުގައި ސައިކަލް ދުއްވާފައި ދަނިކޮށް ކަހާލައިގެން ވެއްޓި އަނިޔާވެފައިވާ ޝައިބާން ޝުހައިލް 16، ގެ ހާލު ސީރިއަސް‍ ކަމަށާއި އާއިލާއިން އެދެނީ ހެޔޮ އެދޭ މީހުންގެ އެހީތެރި ކަމަށް އެ އާއިލާއިން ބުނެފިއެވެ.

ލ. ގަން، ހަމަދު ސްކޫލުގެ ގްރޭޑް 10 ގައި ކިޔަވަމުން އައި ޝައިބާން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު ގިނައިން ބާއްވަނީ ވެސް ވެންޓިލޭޓާގައި ކަމަށާއި އަދި ގިނައިން ބާއްވަނީ ވެސް ނިންދަވާފައި ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

މާދަމާ އާސަންދައިގެ އެހީގައި ޝައިބާން އިންޑިއާ އަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އާއިލާއިން ވަނީ ބުނެފައެވެ.

ޝައިބާން އަކީ މާލޭގައި ހަދަމުން ދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވައި މީގެ ނުވަ އަހަރު ކުރިން ފެނުނު މަރިޔަމް ޝީރީންގެ ކުދިންގެ ތެރެއިން ދުނިޔޭގައި ހުރި އެންމެ ހަގު ކުއްޖާ އެވެ. ޝީރީންގެ އެންމެ ހަގު ދަރިފުޅު ވަނީ ޅ. ނައިފަރުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މީގެ އަހަރުތަކެއް ކުރިން މަރުވެފައެވެ.

މިއަދު އޮންލައިން