ފަތުރުވެރިން އިސްލާމް ދީނުގެ މައުލޫމާތު ހޯދަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ފަތުރުވެރިން އިސްލާމް ދީނުގެ މައުލޫމާތު ހޯދަނީ!

އިސްލާމީ މަރުކަޒުގައި މިހާރު ކުރިއަށް ގެންދާ ކީރިތި ޤްރުއާން ކިޔެވުމުގެ 33 ވަނަ މުބާރާތާއި ގުޅިގެން ހޯލުން ބޭރުގައި ކުރިއަށް ގެންދާ ފޮތް ބަހާ ސްޓޯލުން ގިނަ އަދަދެއްގެ ފަތުރުވެރިން ގެންދަނީ އިސްލާމް ދީނުގެ މައުލޫމާތު ހުރި ފޮތްތައް ހޯދަމުންނެވެ. 

މިކަމުން އެނގެނީ މިފަދަ ސްޓޯލެއް ޢާންމުކޮށް ހިންގުމުގެ މުހިންމުކަން ކަމުގައި ފާހަގަ ކުރެވޭއިރު މީގެ ކުރިން މިފަދަ މަސައްކަތްތަކެއް ވަނީ ދިވަހި ކަނބަލުންކޮޅެއް އިސްލާމިކް މިނިސްޓްރީ އާއި ގުޅިގެން ކުރިއަށް ގެންގޮސްފައެވެ. 

އެކުދިން ވަނީ އިސްލާމީ މަރުކަޒަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ދީނުގެ މައުލޫމާތު ހިމެނޭ ލީފްލެޓްތަކާއި ފޮތްތައް ބަހައިފައެވެ. އަދި މިސްކިތުގެ ޙުރުމަތަށްޓަކައި ފަތުރުވެރިންނަށް އެކަށީގެންވާ ފޭރާމެއް ދީގެން ގެންގޮސް މިސްކިތް ދެއްކުން ފަދަ ކަންކަން ވެސް ކޮށްފައެވެ. އެއިރު ފަތުރުވެރިންގެ ވަރަށް ބޮޑު ތަރުޙީބެއް ވަނީ އެކަމަށް ލިބިފައެވެ. 

މިބާވަތުގެ މުހިންމު ކަންކަމަކީ ވެރިކަން ބަދަލުވި ނަމަވެސް މިނިސްޓަރު ބަދަލުވި ނަމަވެސް މެދުނުކަނޑައި ކުރިއަށް ގެންދަން ޖެހޭނެ ކަންކަން ކަމުގައި ގިނަ ބައަކު ދަނީ ފާހަގަކުރަމުންނެވެ.   

މިއަދު އޮންލައިން