އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ސްކޫލުތަކުގައި މަސައްކަތްކުރައްވާ މި ދާއިރާގެ ޓީޗަރުންގެ މަޢުލޫމާތާއި ހުނަރު ތަރައްޤީ ކުރުމަށް 3 ދުވަހުގެ މަސައްކަތު ބައްދަލުވުންތަކެއް ސެޕްޓެމްބަރ 2 އިން 4 އަށް ކުރިއަށް ގެންގޮސްފިއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނުން ބުނީ
މިގޮތުން މާލޭސިޓީ ސަރައްދުގެ 31 ޓީޗަރުންނަށް ބޭއްވި މަސައްކަތު ބައްދަލުވުން 2 ސެޕްޓެމްބަރ ގައި ހިރިޔާ ސްކޫލުގައި ކުރިއަށްގެންދެވުނުއިރު ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީގެ 33 ޓީޗަރުންނަށް ބޭއްވި މަސައްކަތު ބައްދަލުވުން 3 ސެޕްޓެމްބަރ ގައި އައްޑޫ ޝަރަފުއްދީން ސްކޫލުގައިވަނީ ކުރިއަށްގެންގޮސްފައި ކަމަށެވެ.
މީގެ އިތުރުން އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޓީޗަރސް ކޮންފަރެންސްގައިވެސް މަސައްކަތު ބައްދަލުވުމެއް ބާއްވާގޮތައްވަނީ ހަމަޖެހިފައިވެއެވެ.
މި މަސައްކަތު ބައްދަލުވުން ތަކުގައި އޯޓިޒަމް ހުންނަ ކުދިންގެ ތަފާތު ހުނަރު ތަރައްޤީ ކުރެވިދާނެ ގޮތްތަކާއި އަރލީ އިންޓަވެންޝަން ޕްރޮގްރާމް ކުރިއަށްގެންދާނެ ގޮތުގެ މަޢުލޫމާތާއި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ވިސްނުމާއި މުޢާމަލާތް ކުރުމުގެ ހުނަރު ތަރައްޤީ ކުރާނެ ގޮތްތަކާއި ކްލާސް ރޫމުގައި ދަރިވަރުންގެ ޢަމަލުތައް ރަނގަޅުގޮތުގައި ބަލަހައްޓާނެ ގޮތުގެ މަޢުލޫމާތު ޓީޗަރުންނާއި ހިއްސާ ކުރެވިގެން ދާނެ ކަމަށް އެ ޑިޕާޓްމަންޓޫން ބުނެއެވެ.