ލިޓަސް ފިހާރައެއްގެ ތިޖޫރީގައި ފަޅާލައި ގިނަ އަދަދެއްގެ ދިވެހި ރުފިޔާ ވަގަށް ނަގާއިފިއެވެ
ލިޓަސް ފިހާރައިން ވައްކަންކޮށްފައިވާ މައްސަލައެއް ރޭ 3:23 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލަކު ވިދާޅުވިއެވެ.
މި ވައްކަމުގައި އެ ފިހާރައިގެ ތިޖޫރީގައި ހުރި ގިނަ އަދަދެއްގެ ދިވެހި ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން މީހަކު އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.