ދުނިޔޭގެ އެންމެ ކުޑަ، ވިހަ ގަދަ ހަރުފަ ދަނީ ގްރީން ޕެޕަރ އިން ފެންނަމުން. ސަމާލުކަން ދެއްވައިގެން ބޭނުން ކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ދުނިޔޭގެ އެންމެ ކުޑަ، ވިހަ ގަދަ ހަރުފަ ދަނީ ގްރީން ޕެޕަރ އިން ފެންނަމުން. ސަމާލުކަން ދެއްވައިގެން ބޭނުން ކުރައްވާ!

ދުނިޔޭގެ އެންމެ ކުޑަ، ވިހަ ގަދަ ހަރުފަ ދަނީ ގްރީން ޕެޕަރ ތެރެއިން ފެންނަމުންނެވެ.   

ރާއްޖޭގައި ވެސް ގިނަ އަގަގެއްގެ ގްރީން ޕެޕަރ ބޭނުންކުރައްވަމުން ގެންދަވާއިރު ސަމާލުކަން ދެއްވައިގެން ބޭނުން ކުރައްވާށެވެ! ސެލަޑަކަސް ލެވިއްޖެނަމަ މުޅި އެތި ވިހަވާނެއެވެ. ކައްކަމުންދާ އެއްޗަކަށް ލެވިއްޖެ ނަމަވެސް މުޅި އެތި އެކުގައި ވިހަވާނެއެވެ. 

އެންމެ ރަނގަޅު ގޮތަކީ ދެފަޅިއަށް ނުވަތަ އެއަށްވުރެ ގިނަ ފަޅިއަށް ފަޅައިގެން ނަމަވެސް އެތެރޭގައި އެފަދަ ހަރުފައެއް ނެތްކަން ޔަޤީން ކުރުމެވެ. 

މިކަމާއި ގުޅިގެން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވަނީ އެއީ ފަނީގެ ބާވަތެއް ކަމަށެވެ. މިބާވަތުގެ އެއްޗެއްގެ ތަޙްލީލް ރިޕޯޓެއް އަދި މިހައިތަނަށް މިއަދުނޫހަށް ފެނިފައެއް ނުވެއެވެ. ތަޙްލީލް ކުރެވުނު ކަމަކަށް ކޮމެންޓްކޮށްފައެއް ވެސް ނުވެއެވެ. ތަޖުރިބާކުރަން އެފަދަ އެއްޗެއް ކޭ މީހެއްގެ ކޮމެންޓެއްވެސް ލިބިފައެއް ނުވެއެވެ. 

ފެންނަނީ ތަފާތު ޚިޔާލުގެ ކޮމެންޓްތަކެވެ. އެހެންކަމުން އެންމެ މުހިންމު ކަމަކަށް ކުރަން އޮތް ކަމަކީ ރައްކައުތެރިވުމުގެ ފިޔަވަޅުތައް އެޅުން ކަމުގައި ފާހަގަކުރެވެއެވެ. 

މިއަދު އޮންލައިން