ޑިސެމްބަރު 10 ވަނަ ދުވަހު ރާއްޖޭގައި ކޮންމެ އަހަރަކު ޤައުމީ ފެންވަރުގައި ބާއްވަމުން އަންނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުތައް މިއަހަރު ހުޅުމާލޭގަ ބޮޑު ޢީދެއްގެ ގޮތުގައި ކުރިއަށް ގެންދަން ނިންމައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ މިއަހަރުގެ މަސްވެރިންގެ ދުވަހުގައި ވަރަށް ގިނަ ފަރާތްތަކުން ބައިވެރިވާނެ ކަމަށާއި އަދި ޙަރަކާތްތައް ކުރިއަށް ގެންދާނީ ހުޅުމާލޭގެ ބޮޑު ސަރަހައްދެއްގައި ކަމަށެވެ.
މިދިއަ އަހަރު މަސްވެރިންގެ ދުވަސް ފާހަގަކޮށްފައިވަނީ ގއ. ގެމަނަފުށީގައެވެ. ގެމަނަފުށްޓަކީ މަސްވެރިކަމުގެ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ރަށެކެވެ.