ރާއްޖޭގެ މައި ވައިގެ ބަނދަރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މިރޭ ފުރި އެއާ އޭސިއާގެ ފަލައިޓުގެ އިންޖީނެއްގައި އަލިފާން ރޯވުމާއި ގުޅިގެން ފްލައިތް އަނބުރާ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސައިފިއެވެ.
ފްލައިޓުގައި ރޯވި ކަމަށްވަނީ ކަނައަތްފަރާތު އިންޖީނުގައެވެ. އެވަގުތު ގަދަ އަދެއް އިވުނުކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ.
އިންޖީނުގައި އަލިފާން ރޯވި މަންޒަރު މާލެއަށް ފެނުމާއިއެކު ގިނަ ބައަކު ވަނީ ފްލައިޓަށް ވާގޮތް ބަލަން ބްރިޖް ސަރަހައްދަށް އެއްވެފައެވެ.
ބައެއް މީހުން ބުނެފައިވަނީ ފްލައިޓުގައި ރޯވީ ފުރިތާ 10 ވަރަކަށް މިނިޓުތެރޭގައި ކަމަށެވެ. މިކަމުގައި ރަސްމީ ފަރާތެއްގެ ބަހެއް އަދި ނުލިބެއެވެ.