ޓްރެފިކް ފުލުހުން އަމާނާތްތެރިކަމުގެ ނަމޫނާ ދައްކައި ފަނަރަހާސް ފަސްސަތޭކަ ރުފިޔާ ވެރިފަރާތް ހޯދައި ޙަވާލުކޮށްފި އެވެ.
ފުލުހުން ބުނީ މިއަދު މެންދުރު 2.50 ހައިއިރު ޓްރެފިކް ފުލުހުން މާލެ ތެރެ ޕެޓްރޯލުކުރަމުން ދިއައިރު ބޭންކް އޮފް މޯލްޑިވްސް މަޖީދީ މަގު ބްރާންޗް ކައިރިން ފެނުނު ވޮލެޓެއް ބެލިއިރު 15500 ދިވަހި ރުފިޔާ އާއި އައިޑީކާދަކާއި އަދި ބޭންކް ވިސާ ކާޑެއް އޮތުމުން އެ ވޮލެޓް ފުލުހުންގެ އިދާރާއަށް ގެންގޮސް ވޮލެޓުގައި އޮތް އައިޑީ ކާޑުގައިވވާ މައުލޫމާތު ބޭނުންކޮށްގެން ވެރިފަރާތް ހޯދައި ވެރިފަރާތާއި މިހާރު ވަނީ ވޮލެޓް ހަވާލުކޮށްފައިވާ ކަމަށެވެ.