ތިނަދޫ ގެއަކުން ނުކުތް 4 އަހަރުގެ ކުއްޖެގެ ގައިގަ ސައިކަލަކުން ޖެހި އަނިޔާވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 31ސ
ތިނަދޫ ގެއަކުން ނުކުތް 4 އަހަރުގެ ކުއްޖެގެ ގައިގަ ސައިކަލަކުން ޖެހި އަނިޔާވެއްޖެ

ގދ ތިނަދޫ ގެއަކުން މަގުމައްޗަށް ނުކުތް 4 އަހަރުގެ ކުއްޖެގެ ގައިގައި މަގުން ދުއްވާފައި ދިއަ ސައިކަލަކުން ޖެހި އަނިޔާވެއްޖެ 

ފުލުހުން  ބުނެފައިވަނީ މިއަދު ހަވީރު 5.13 ހައިއިރު ހިނގި މި އެކްސިޑެންޓުގައި އަނިޔާވި ކުއްޖާ ހޮސްޕިޓަލަށް ގެންދިއައިރު މޫނުމަތީގައި އެކިވަރުގެ ޒަހަމްތައް ހުރިކަމުގެ މައުލޫމާތު ހޮސްޕިޓަލުން ފުލުހުންނަށް ދީފައިވާ ކަމަށާއި އެކުއްޖާ އަށް މިހާރުވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށެވެ. 

މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ 28 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާގެ ލައިސެންސް މިހާރު ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

 

މިއަދު އޮންލައިން