ބޭންކުތަކުން ގިނަ ފައިސާ ނަގާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން ބުނީ މިމަހުގެ 2 ވަނަ ދުވަހު ބީއެމްއެލް ބާޒާރު ބްރާންޗުން ފަންސާސް ފަސް ހާސް ރުފިޔާ ނަގައިގެން ދިއަ މީހެއްގެ އަތުން ފައިސާތައް މަގުމައްޗަށް ވެއްޓި ގެއްލިފައިވާ ކަމުގެ މައްސަލައެއް ހުށަހެޅުމާއި ގުޅިގެން ސީސީޓީވީ ފުޓޭޖް ބަލައިގެން ކުރި މަސައްކަތުން އެ ފައިސާތައް މަގުމަތިން ނަގައިގެން ގެންދިއަ މީހާ ހޯދައި މިއަދު އެފައިސާގެ ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައިގެން ދާއިރު ފައިސާއަށް ސަމާލުކަން އިތުރުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.