މަރާލި ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ މަރުވެފައިވާކަން ދެއްކުމަށް ޕާސްޕޯޓު ހަދަން އުޅުނު މައްސަލައިގަ ހިމެނޭ ދެ ފުލުހުން ވަޒީފާއިން ސަސްޕެންޑްކޮށްފިއެވެ.
ޕޮލިސް ކޯޕްރަލް މުހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493) އާއި އިބްރާހިމް ރިއްފަތު (ސާވިސް ނަމްބަރު 3246) ފުލުހުން ވަޒީފާއިން ސަސްޕެންޑްކޮށްފައިވާއިރު މި ދެމީހުން ހައްޔަރު ކުރުމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު މިރޭ ވަނީ ފުލުހުންނަށް އަންގަވައިފައެވެ.
މަރު ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓާ ގުޅިގެން ފުލުހުންގެ އިސްވެރިން މިރޭ ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާ ބައްދަލުކޮށްފައެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.