ޤައުމީ ހޭންޑްބޯޅަ މުބާރާތް ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ޤައުމީ ހޭންޑްބޯޅަ މުބާރާތް ފަށައިފި

ޤައުމީ ހޭންޑްބޯޅަ 7 ވަނަ މުބާރާތް ރޭ ފަށައިފިއެވެ.

ނޭޝަނަލް ހޭންޑްބޯޅަ ގުރައުންޑުގައި ރޭ ފެށި މުބާރާތް ފެށުމުގެ ގޮތުން ކުޅުނު މެޗުގައި ބައްދަލު ކުރީ ރެޑުހޯކު އާއި އާއިސޮޕޯޓްސް ކުލަބެވެ. މި މެޗު 8 ލަނޑު 6 ން ކާމިޔާބު ކުރީ އާއިސްޕޯޓްސް ކުލަބެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައި ޒެނިތް އާއި އެންމެ ފަހުގެ ޗެންޕިއަން ކުލަބްޒެފްރޯލް ބައްދަލުކޮށް ފަސޭހަކަމާއެކު ކާމިޔާބު ކުރީ ޒެފްރޯލް އެވެ.

މި މެޗް ޒެފްރޯލް ކާމިޔާބު ކުރީ 17 ލަނޑު 7 ލަނޑުންނެވެ.

ދެ ޑިވިޜަނަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި މުބާރާތުގައި މިއަދުވެސް 3 މެޗު ކުޅޭނެއެވެ. މިއަދު ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ސެކަންޑު ޑިވިޜަންގެ ފިރިހެން ދެޓީމް ކަމަށްވާ ޒެފްރޯލް އާއި ފުލިދޫސްޕޯޓްސް ކުލަބް ބަްއދަލުކުރާ އިރު، މިރޭ ކުޅޭ އަންހެން ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޓީއެސްއޭ އާއި ޓީރެކްސްބީބީސީ އެވެ. ދެވަނަ މެޗުގައި ބައްދަލު ކުރާނީ ކުލަބް ވިޓްރެސް އަދި ކީން ސްޕޯޓްސް ކުލަބް އެވެ.

މިއަހަރުގެ މުބާރާތުގައި ފުރަތަމަ ކުޅޭނީ ސެކަންޑު ޑިވިޜަންގެ މެޗުތަކެވެ.

ފަސްޓް ޑިވިޜަންގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ސެކަންޑު ޑިވިޜަނުން އަންހެން އަދި ފިރިހެން ބައިން އެއްވަނައަށްދާ ދެޓީމް ފަސްޓް ޑިވިޜަނަށް ޕްރޮމޯޓް ކުރުމަށް ފަހުގައެވެ.

މިއަހަރުގެ މުބާރާތުގައި 20 ޓީމަކުން ވާދަކުރެއެވެ. އެއީ ފަސްޓް ޑިވިޜަން ފިރިހެން 3 ޓީމާއި އަންހެން 2 ޓީމެވެ.

ސެކަންޑް ޑިވިޜަންގައި ވާދަކުރަނީ ފިރިހެން 4 ޓީމާއި އަންހެން 10 ޓީމެވެ.

 
މިއަދު އޮންލައިން