ދޮގު ވާހަކަ ދެއްކީމާ ކެނޑޭނީ މަޖިލީހުގެ އިތުބާރު - ކުރި ތުހުމަތާ ޑރ. ޝަހީމަކާ އެއްވެސް ގުޅުމެއް ނެތް!: ޝައިޚް އިލްޔާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ދޮގު ވާހަކަ ދެއްކީމާ ކެނޑޭނީ މަޖިލީހުގެ އިތުބާރު - ކުރި ތުހުމަތާ ޑރ. ޝަހީމަކާ އެއްވެސް ގުޅުމެއް ނެތް!: ޝައިޚް އިލްޔާސް

މިހާރަކަށް އައިސް ފެންނަމުން މިދަނީ ވަރަށްވެސް ހިތާމަހުރި މަންޒަރެކެވެ! ތިމާނުރުހޭ މީހަކަށް ވެއްޖެ ނަމަ އެމީހެއްގެ ބޮލުގައި ހަގީގަތާއި ހިލާފު ދޮގު އިލްޒާމްތައް އަޅުވައި އެމީހެއްގެ ޝަހުސިއްޔަތު ކަތިލަމުންދާތަނެވެ. 

މިއީ ވަރަށްވެސް ދަށުދަރަޖައިގެ ފިނޑިކަމެކެވެ. ޑރ. މުޙައްމަދު ޝަހީމު ޢަލީ ސަޢީދު އާއި ބެހޭގޮތުން ރައްޔިތުންގެ މަޖިލިހުގައި މިފަދަ ވާހަކައެއް އެމަނިކުފާނަށް ނިސްބަތްކޮށް މެމްބަރަކުވަނީ ދައްކަވައިފައެވެ. ސާބިތުނުވާ މިފަދަ ޙަގީގަތާއި ޚިލާފު ވާހަކަތައް ދެއްކުމާކީ ރައްޔިތުންގެ ހިތްތަކުގައި މަޖިލިހާއިމެދު އުފެދިފައިވާ ކަރާމަތާއި ހައިބަތާއި ގަދަރަށް އުނިކަން އަންނާނެކަމެކެވެ. ވީމާ މިފަދަ ކަންތަކުން ލޮބުވެތި ޢިއްޒަތްތެރި މެމްބަރުން ދުރުހެލިވެ ތިއްބެވުމަށް ނަސީޙަތްތެރިވަމެވެ.

އަދި ދަންނަވަމެވެ ޑރ. މުޙައްމަދު ޝަހީމު ޢަލީ ސަޢީދު އަކީ އެތުހުމަތުކުރެވޭފަދަ ޖަމާޢަތަކާއި އެއްވެސްކަހަލަ ގުޅުމެއް ނެތް ބޭފުޅެކެވެ.

- ޝައިޚް އިލްޔާސް ޙުސައިން

މިއަދު އޮންލައިން