ވަގަށް ނަގާފައިވާ 6 އައިފޯނާ 3 ރޯލް ސަތަރި އާއެކު މީހަކު އަތުލައިގެންފި އެވެ.
ފުލުހުން ބުނެފައިވަނީ 6 އައިފޯނު ފެނުނީ ހަވީރީ ހިނގުމުން ހިނގާފައި ދިއަ މީހެއްގެ އަމަލުތައް ހުރި ގޮތުން މާފަންނު ޕޮލިހުން އޭނާ ބަލައި ފާސްކުރުމުން ކަމަށާއި ފޯނުތައް ވަގަށް ނަގާފައިވަނީ މާފަންނުގެ ގެއަކުން ކަމަށެވެ.
ފުލުހުން ބުނީ 3 ރޯލު ސަތަރި އަތުލައިގަނެވިފައިވަނީ ލޯކަލް ސަރަހައްދުން އެ ތަކެތި ހިފައިގެން ދިއަ މީހެއްގެ އަތުން ކަމަށެވެ. އަދި މި މައްސަލައިގައި ހައްޔަރުކުރެވިފައިވަނީ 32 އަހަރުގެ ފިރިހެނެއް ކަމަށެވެ.