ސޯޅަ އަހަރުގެ އަންހެން ކުއްޖަކަށް މަސްތުވާތަކެތީގެން ބަދުއަޚްލާޤީ އަމަލު ހިންގި މައްސަލައެއްގަ 2 ފިރިހެނުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނެފައިވަނީ މިއަމަލު ހިންގާފައިވަނީ ދެކުނުގެ ރަށެއްގައި ކަމަށާއި މި މައްސލައިގައި ހައްޔަރުކޮށްފައިވަނީ 44 އަހަރާއި 33 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ. އަދި ރޭ ދަންވަރު 1.45 ހައިއިރު ލިބުނު ރިޕޯޓަކާއި ގުޅިގެން މިދެ މީހުން ހައްޔަރުކުރީ ޢަމަލު ހިންގަނިކޮށް ކަމަށް ވެސް ބުނެފައިވެއެވެ.
މިބާވަތުގެ މައްސަލަތަކުގަ އާއި ލޯބީގެ މައްސަލަ ތަކުގައި 13 އަހަރުގެ އަންހެން ވިހަމުން ދިއަ ނަމަވެސް ޤާނޫނު ބުނާ ގޮތުން 18 އަހަރު ނުފުރޭ ނަމަ އެއީ ކުޑަ ކުއްޖެކެވެ.