ޗައިލްޑްހުޑް އެވެއަރނެސް ގުޑްވިލް އެމްބެސެޑަރަކަށް ރަފާ

ކިޔުމަށް ހޭދަވާނީ 1މ 39ސ
ޗައިލްޑްހުޑް އެވެއަރނެސް ގުޑްވިލް އެމްބެސެޑަރަކަށް ރަފާ

ޗައިލްޑްހުޑް އެވެއަރނެސް ގުޑްވިލް އެމްބެސެޑަރަކަށް ރާއްޖޭއަށް ޓީޓީން ރަންވަނަތަކެއް ހޯދާދީފައިވާ އާއިޝަތު ރަފާ ނާޒިމް ހަމަޖައްސައިފިއެވެ.

އެމްބެސެޑަރުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ކެންސަރ ސޮސައިޓީގެ ފަރާތުން މިނިސްޓަރ އޮފް ޔޫތު އެންޑް ކޮމިޔުނިޓީ އެމްޕަވަމަންޓް އަހުމަދު މަޚްލޫފެވެ.

ރެލީ ފޮރ ޗައިލްޑްހުޑް ކެންސަރ ޕްރޮގްރާމް ފައްޓަވައިދިނުމުގެ ގޮތުން އާޓް ގެލެރީ ސަރަހައްދުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކެންސަރު ޖެހެން އުޅޭނަމަ އެކަމުގެ ބައެއް އަލާމާތްތައް މިހާރުވެސް އެނގެން ހުންނަ ކަމަށާއި އެކަންކަމަށް ރައްކާތެރިވާން ޖެހޭ ކަމަށެވެ.

އެގޮތުން މާގިނައިން ބޮލުގައި ރިއްސާ ހޮޑުލަވާނަމަ ކުރީބައިގައި އެކަމަށް ސަމާލުވެ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ސަމާލުވުމަށް މިނިސްޓަރު ގޮވާލައްވާފައިވާ އިރު، އެކަކު އަނެކަކަށް އަޅާލާ އޯގާތެރިވުމުގެ ގޮތުން ގާތްތިމާގެ ނުވަތަ ރައްޓެއްސެއްގެ ގައިން މިކަހަލަ އަލާމާތްތައް ފެންނަން ފަށައިފިނަމަ އެމީހަކަށް ދެވެން އޮތް އެހީތެރިކަމެއް ދިނުމަށް މިނިސްޓަރު މަޚްލޫފް ގޮވާލެއްވިއެވެ.

މީގެ އިތުރަށް ކުޅިވަރާއި ދުޅަހެޔޮ ސިއްހަތު ޕްރޮމޯޓް ކުރުމަށް މިސަރުކާރުން ދޭ އަހަންމިއްޔަތު ފާހަގަކުރައްވާ  މިނިސްޓަރ ވިދާޅުވީ އައުޓް ޑޯ ޖިމްތައް ގާއިމްކޮށް ސްޕޯޓްސް ކައުންސިލަރުން އައްޔަންކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ކަސްރަތާއި ދުރު ފަރާތްތައް ކަސްރަތަށް އަހުލުވެރިކުރުވުމަކީ އެއްއަމާޒު ކަމަށެވެ.

ކުޑަކުދިންގެ ކެންސަރަށް ހޭލުންތެރިކުރުވުމުގެ ގޮތުން ސެޕްޓެމްބަރު މަސް ޚާއްޞަކޮށްފައިވާ އިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މިފަދަ ހަރަކާތްތައް އަންނަނީ ކުރިއަށް ގެންދަމުންނެވެ.

މިއަހަރު އޮތީ ޓޭބަލް ޓެނިސް ކުޅުމުގެ ހަރަކާތްތަކެކެވެ. މިހަރަކާތް ފައްޓަވައިދެއްވީ މިނިސްޓަރ މަހުލޫފާއި ރާއްޖޭއަށް ޓީޓީން ރަންވަނަތަކެއް ހޯދާދީފައިވާ އަދި މިހާރު ޗައިލްޑްހުޑް އެވެއަރނެސް ގުޑްވިލް އެމްބެސެޑަރު ރަފާގެ ޓީޓީ މެޗަކުންނެވެ.

 
މިއަދު އޮންލައިން