ރުބެއްލާ އަދި ކޮންޖެނިޓަލް ރުބެއްލާ ސިންޑްރޮމް ބަލި ރާއްޖެއިން ނައްތާލައިފައިވާތީ ޑަބްލިއުއެޗްއޯއިން ރާއްޖެ އަށް އެވޯޑެއްދީފިއެވެ.
މިއަދު ނިމިގެންދިޔަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ 72 ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުވުމުގައި ދިން މިއެވޯޑާ ރާއްޖެއިން ހަވާލުވެލެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއެވެ.
ރުބެއްލާ ނުވަތަ ޖާމަން މީސަލްސްއަކީއަކީ ރުބެއްލާ ވައިރަސްގެ ސަބަބުން ޖެހޭ ބައްޔެކެވެ. ރާއްޖެއިން ވަނީ ފައިލޭރިއާ އަދި ހިމަބިހި ވެސް ނައްތާލައިފައެވެ.