ނިމިގެންދިއަ 33 ވަނަ ޤައުމީ ކީރިތި ޤްރުއާން ކިޔެވުމުގެ މުބާރާތުގެ މަޚުރުވެރި 1 ވަނަ، ޢިމާދުއްދީން ސްކޫލުގެ ދަރިވަރު މުޙައްމަދު ސާޢީ މުބާރިކް ޙާޞިލުކޮށްފިއެވެ. 2 ވަނަ ޙާޞިލުކޮށްފައިވަނީ އިސްލާމިކް ޔުނަޓެޑް ފޮރ އަސާސް ވިނަވި އެންޑް އިޔާރުން ބައިވެރިކުރި މުޙައްމަދު ނަބީޙް ރާޝިދުއެވެ. 3 ވަނަ ޙާޞިލުކޮށްފައިވަނީ ދަޢްވާ ފައުންޑޭޝަނުން ބައިވެރިކުރި މުޙައްމަދު ނަބްހާން އެވެ.
މުބާރާތުގެ ނަތީޖާ ފައުޅުކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި މުޅި މުބާރާތުގެ 1 ވަނަ 2 ވަނަ އަދި 3 ވަނައަށް އިނާމު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ.
މިރޭގފެ ރަސްމިއްޔާތަކީ ރާއްޖޭގެ ތާރީޚުގައި ފާހަގަކޮށްލެވޭނެ ރަސްމިއްޔާތެކެވެ. އެއީ މިފަދަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އި އެމަނިކުފާނުގެ ނައިބް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އެކުގައި ބައިވެރިވެވަޑައިގަތުމުންނެވެ.
