ރިޟްވާންގެ ވަގު ޕާސްޕޯޓެއް ހައްދަން މަސައްކަތްކުރަން ދެ ފުލުހުންނަށް އަމުރުކުރި މީހާ ބުނެ ނުދެވެނީ ކޮމިޝަނަށް ކޮން ބާރެއް ނެތިގެންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 18ސ
ރިޟްވާންގެ ވަގު ޕާސްޕޯޓެއް ހައްދަން މަސައްކަތްކުރަން ދެ ފުލުހުންނަށް އަމުރުކުރި މީހާ ބުނެ ނުދެވެނީ ކޮމިޝަނަށް ކޮން ބާރެއް ނެތިގެންތޯ؟

މަރުތަކުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނަކީ ފުލުހުންގެ މުއައްސަސާއަށްވުރެ މާބޮޑެތި ބާރުތަކެއް ލިބިފައިވާ ކޮމިޝަނެކެވެ. ސިފައިންނަށްވުރެވެސް ބާރުގަދައެވެ. އެ ކޮމިޝަނަކީ މައްސަލައެއް ބެލުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ލިބިގެނަވާ ކޮމިޝަނެކެވެ.

ރިޟްވާނުގެ ނަމުގައި ވަގަށް ޕާސްޕޯޓެއް ހައްދަން 2 ފުލުހަކު އުޅުނު މައްސަލަ އެއް ހޫނުވެ އެ 2 ފުލުހުން ހައްޔަރު ނުކޮށްގެން ހޯމް މިނިސްޓަރާއި ފުލުހުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ރިޟްވާންގެ ޢާއިލާއިން ބުނާ ވާހަކަތަކެއްވެސް އެބަ އަޑުއިވެއެވެ.

ހުމާމް ކިޔާ ޒުވާނަކަށް އެކަން ނުކޮށް ނުނިދިގެން ގޮސް ޑރ. އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ކަންކަން ނިންމި އުޞޫލުން ހުރިހާ ކަމެއް ނިންމައިލާނަމަ ކޮމިޝަން ކިތަންމެ ބޮޑު ނަމަވެސް ސުވާލުތަކެއް ހުންނާނެއެވެ. މިހައި ދުވަސްކޮށްފައި ނެރުނު ރިޕޯޓުގައި އެ ދެ ފުލުހުން ރިޟްވާންގެ ވަގުޕާސްޕޯޓެއް ހައްދަން އިމިގްރޭޝަނަށް 2 ފުލުހުން ދިއައީ ހުމާމް ފަދައިން ހަމަ އެކަން ނުކޮށް ނުނިދިގެންކަން ނުވަތަ މީހަކު ބުނެގެންނަމަ އެކަން، އެއީ މީހަކު ބުނެގެން ކުރި ކަމެއް ނަމަ އެއީ ކާކު ކަމާއި އެމީހާ އެކަން ކުރުވަން އުޅުނީ ކީއްވެގެންކަން ފަދަ އެއްވެސް މައުލޫމާތެއް އެނގެން ނެތީ ކޮމިޝަނަށް އިތުރަށް ކޮން ބާރެއް ބޭނުންވާތީތޯއެވެ؟

ކޮމިޝަނަށް ދިފައިވާ ބާރުތަކަށް ބަލާއިރު ކޮމިޝަނަށް ނުކުރެވޭނެ ކަމެއް ނެތެވެ. 2 ފުލުހުންނާ 2 ފުލުހުންނަށް އަމުރުކުރި މީހާގެ މައްޗަށް ކޯޓު އަމުރެއް ކޮމިޝަނުން ނެރުވައި ފުލުހުންބާއި ސިފައިން ލައްވައި އެ ބައަކު ޗޭނުޖައްސުވައިގެން ގެންގޮސް ޖަލަށް ލާންވީނޫންތޯއެވެ؟ ކޮމިޝަނުގެ ތަޙްޤީޤްތަކަށް އިތުރު ޖަލެއް ބޭނުންވާނަމަ އައްސޭރި ޖަލު އެކަމަށް ހުސް ނުކުރެވެންވީ ކީއްވެގެންތޯއެވެ.؟ ކޮމިޝަނުގެ ބޭފުޅުންނަށް ފަސޭހަފުޅީ އާރަށުގައި މީހުން ބަންދުކޮށްގެން ތަޙްޤީޤް ކުރައްވަން ނަމަ އެކަން ވެސް ހަމަ ނުހަނު ފަސޭހައިން ކުރެއްވޭނެއެވެ. އެކަމުގެ ތަޙްޤީޤަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް މިހާރަކު ނެތެވެ. ބޭނުން ކޮންމެ ކަމަކަށް އޮތީ ސީދާ ރާސްތާއެވެ.

ރިޔާސީ 2 ކޮމިޝަނުން ބަލަން ޖެހޭ އެއްވެސް މައްސަލައެއް، ދެވަނަ ފަރާތެއްގެ އެހީތެރިކަން ނުލިބިގެން ކުރިއަށް ނުގެންދެވޭ ނަމަ އެއީ މައްސަލައެކެވެ. އެ ކޮމިޝަނުން ބަލަން ބޭނުން އެއްވެސް މައްސަލައެއް ބަލަން އެއްވެސް ހުރަހެއް ނެތެވެ. ބާރަށް ކުރިއަށް ގެންދަންވީއެވެ.

ރާއްޖޭގެ މުޅި ތާރީޚުގައިވެސް އެއްވެސް ރިޔާސީ ކޮމިޝަނަކަށް ދީފައި ނުވާހައި ގިނަ ބާރުތައް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ކޮމިޝަނަށް ދެއްވުމުން ކަންކަން ކޮންކޯޑް ސްޕީޑްގަ ބާރަށް ކުރިއަށް ގެންގޮސް ކުށްވެރިންނަށް އަދަބުދޭން ފަށަން ރައްޔިތުން ބޭނުންވެއެވެ. މީހުން މެރި މީހުންނަށް އަދަބުދޭން ބޭނުންވެއެވެ. ރައްޔިތުންނަށް ގެއްލިފައިވާ ފައިސާތައް އަނބުރާ ލިބެން ބޭނުންވެއެވެ.

މިއަދު އޮންލައިން