މޮޅަދޫ ބަނދަރު ހެދުމަށް ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 34ސ
މޮޅަދޫ ބަނދަރު ހެދުމަށް ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި

ހއ. މޮޅަދޫ ބަނދަރު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދަން ޕްލޭނިން މިނިސްޓްރީ އިން ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.

އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނަރަލް ފާތިމަތު ޝާނާ އެވެ. އަދި ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ އެކައުންޓެންޓް ޕްރަބާތެވެ.

މި މަޝްރޫއު 26.9 މިލިއަން ރުފިޔާ އަށް ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

 

މިއަދު އޮންލައިން