އަންނަ އަހަރު މުސާރައިގެ އާ އޮނިގަނޑަށް އަމަލުކުރަން ފަށަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
އަންނަ އަހަރު މުސާރައިގެ އާ އޮނިގަނޑަށް އަމަލުކުރަން ފަށަނީ!

މުސާރައިގެ އާ އޮނިގަނޑު އެކުލަވާލައި އަންނަ އަހަރު މުސާރައިގެ އާ އޮނިގަނޑަށް އަމަލުކުރަން ފަށުމަށް ހަމަޖެހިފައިވާކަމަށް ނެޝަނަލް ޕޭ ކޮމިޝަނުން ބުނެފިއެވެ.

މިކަމާގުޅިގެން ޕޭ ކޮމިޝަން ގެ ރައީސް އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވާ ނެރުނު ބަޔާނުގައި ބުނެފައިވަނީ ދައުލަތުގެ އިދާރާތަކުގެ މިހާރު އަމަލުކުރަމުންދާ މުސާރައިގެ އޮނިގަނޑުތަކާ ގުޅޭގޮތުން އެ ކޮ މިޝަނުން ދިރާސާތަކެއް ކޮށްފައިވާ ކަމަށާއި އެ ދިރާސާތަކުގެ އަލީގައި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއަށް ރިއާޔަތްކޮށް ދައުލަތުގައި ހިމެނޭ 96 ފަންނުތަކުގެ ގިންތިތަކާއި ފަންތިތަކުގެ ޝަރުތުތައް ކަނޑައެޅުމުގެ މަސައްކަތް މިހާރު އެ ކޮމިޝަނުން ކުރަމުންދާ ކަމަށެވެ. އަދި އެއިން ކޮންމެ ފަންނެއްގެ މުސާރަތައް ހިމެނޭގޮތަށް ދައުލަތުގެ މުސާރައިގެ އާ އޮނިގަނޑު އެ ކޮމިޝަނުން އެކުލަވާލައި އަންނަ އަހަރު ތެރޭ އެއަށް އަމަލުކުރުމަށް ހަމަޖެހިފައިކަމަށް ވެސް ޕޭ ކޮމިޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.

ޕޭ ކޮމިޝަނުން މިހާރު ވަނީ ދައުލަތުގެ އިދާރާތަކުގައި ހިމެނޭ ފަންނުތައް ގްރޫޕްކުރުމަށްފަހު އެކުލަވާލައިފައިވާ "މޯލްޑިވްސް ޕަބްލިކް ސާވިސް ޖޮބް ފެމެލީ މޮޑެލް" އެ ކޮމިޝަނުގެ ވެބްސައިޓްގައި ޝާއިއުކޮށްފަ އެވެ.

މިއަދު އޮންލައިން