ހުޅުމާލެއިން ބިޔަރު ދަޅު ތަކަކާއެކު ބަޔަކު އަތުލައިގަނެފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 35ސ
ހުޅުމާލެއިން ބިޔަރު ދަޅު ތަކަކާއެކު ބަޔަކު އަތުލައިގަނެފި!

ހުޅުމާލޭގެ ކަންނެލި ޖެޓީ ސަރަހައްދުން ބިޔަރު ދަޅު ތަކަކާއެކު ބަޔަކު އަތުލައިގަނެފިއެވެ.

ފުލުހުން ބުނެފައިވަނީ ބިޔަރު ދަޅު އަޅާފައި ހުރި ފޮށިގަނޑުތަކެއް ޕިކަޕަކަށް އަރުވަން ތިބި 3 މީހުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށާއި މިހާދިސާ ހިނގާފައިވަނީ އިއްޔެ ރޭ 07:30 ހާއިރު ކަމަށެވެ.

މިތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރި އިރު ޕިކަޕު ތެރޭގައި ހުރި ފޮށިގަނޑުތަކުން އެކި ބްރޭންޑްގެ 240 ދަޅު ބިޔަރު ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 29 އަހަރުގެ ދިވެހި ފިރިހެނަކާއި 22 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނަކާއި އަދި 18 އަހަރުން ދަށުގެ ކުއްޖެކެވެ. މި މީހުންގެ ނަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

 

 

މިއަދު އޮންލައިން