އެމްއޭސީއެލް ގެ މުވައްޒަފަކު ބިދޭސީއަކަށް ހަމަލާދިން މައްސަލައެއް ބަލަނީ!

ކިޔުމަށް ހޭދަވާނީ 58ސ
އެމްއޭސީއެލް ގެ މުވައްޒަފަކު ބިދޭސީއަކަށް ހަމަލާދިން މައްސަލައެއް ބަލަނީ!

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މުވައްޒަފަކު ޑިއުޓީގައި ހުރެ، މީހަކަށް ހަމަލާދިން މައްސަލައެއް ބަލަމުން އަންނަ ކަމަށް އެކުންފުނިން މިއަދު ބުނެފިއެވެ.

ސޯޝަލް މީޑިއާގައި މިއަދު އާއްމުވި ވީޑިއޯއަކުން ފެންނަ ގޮތުގައި އެމްއޭސީއެލްގެ އެމުވައްޒަފު ހަމަލާދެނީ ކުންފުނީގެ ކާގޯ ސާވިސް އޭރިއާގައި ހުރި ބިދޭސީއަކަށެވެ. އަނިޔާ ލިބުނު ބިދޭސީ މީހާ ދައްކާ ވާހަކަތަކުން ހާމަވާ ގޮތުގައި އޭނާ ގައިގާ ޖަހާނެ ކަމަށް ކުރިން ވެސް އެމްއޭސީއެލްގެ އެމުވައްޒަފު ވަނީ ބުނެފައެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެކުންފުނީގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ ޖެނެރަލް މެނޭޖަރ ޙަސަން އަރީފު ވިދާޅުވީ އެމްއޭސީއެލްގެ މުވައްޒަފަކު ހަމަލާދިން މައްސަލައެއް ބަލަމުން އަންނަ ކަމަށާއި އެމުވައްޒަފު ކަސްޓަމަރުންނާއިމެދު އަމަލު ކުރި ގޮތަކީ އެކުންފުނިން ބަލައިގަންނާނެ ޢަމަލެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ މުވައްޒަފަކު އެފަދަ ގޮތަކަށް ޢަމަލު ކުރުމަކީ އަޅުގަނޑުމެން ވަރަށް ދެރަވާ ކަމެއް. މިހާރު މިމައްސަލަ ބަލަމުން މިދަނީ" ޙަސަން ވިދާޅުވިއެވެ.

މިހާދިސާ ހިނގިއިރު، އެމްއޭސީއެލްގެ ވަރަށް ގިނަ މުވައްޒަފުންތަކެއް ވެސް އެތަނުގައި ތިބިކަމަށް މައުލޫމާތު ލިބިފައިވެއެވެ. 

މިއަދު އޮންލައިން