މެންދަމު މަގުމަތީގަ ރޯން ހުރި އެއް އަހަރުގެ ކުއްޖެއްގެ ބެލެނިވެރިން ހޯދައި ހަވާލުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 30ސ
މެންދަމު މަގުމަތީގަ ރޯން ހުރި އެއް އަހަރުގެ ކުއްޖެއްގެ ބެލެނިވެރިން ހޯދައި ހަވާލުކޮށްފި

ރޭ މެންދަމު މާލޭ މަގެއްގެ މަތީގައި ރޯން ހުރި އެއް އަހަރުގެ ކުއްޖެގެ ބެލެނިވެރިން ހޯދައި ކުއްޖާ ބެލެނިވެރިންނާ ހަވާލުކޮށްފި އެވެ.

ފުލުހުން ބުނީ ކުއްޖާ ފެނުނީ ޓްރެފިކް ބަލަހައްޓާ ފުލުހުންނަށް ކަމަށެވެ. ފެނުނީ 12.43 ހައި އިރު ކަމަށާއި ކުއްޖާ ހަވާލުކުރެވުނީ 1 ޖެހިއިރު ކަމަށެވެ. އެހެންކަމުން ބެލެވެނީ ކުއްޖާ ފެނުމާއިއެކު ފުލުހުން އެ ސަރަހައްދުގެ ގޭގެއަށް ވަދެ ކުއްޖާގެ ބެލެނިވެރިން ނުވަތަ މައިން ބަފައިން ހޯދައި ހަވާލުކުރީ ކަމަށެވެ.

ލަފާކުރަން ޖެހުނީ ތަހްޤީޤް ކުރާ މައްސަލައަކަށްވާތީ އިތުރު މައުލޫމާތު ދޭން ފުލުހުން އިންކާރުކުރާތީއެވެ.

މިއަދު އޮންލައިން